އެކި ސަބަބުތަކާ ހުރެ ސްކޫލަށް ގޮސްގެން ކިޔެވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ތަޢުލީމު ހާސިލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި "ތަޢުލީމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ މިއަދު ޖަލްސާގައި އިއްވާފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް "ހޯމް-ސްކޫލިންގ" ޕްރޮގްރާމެއް ތަޢާރަފުކުރުމެވެ.
އެގޮތުން، ޚާއްޞަ ހާލަތްތަކުގައި ކުދިންގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ގޭގައި ތިބެގެން ތަޢުލީމު ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މީގެއިތުރުން، މަދުރަސީ ތަޢުލީމީ ނިޒާމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އަދާކުރަންޖެހޭ ގޮތުގެ ތަފްޞީލުތައްވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ.
ޤާނޫނުގައި މަޖުބޫރު ތަޢުލީމު ލާޒިމުކޮށްފައިވީ ނަމަވެސް، ޖިސްމާނީ ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް-ސްކޫލިންގ މެދުވެރިކޮށްވެސް ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަށް މަޖުބޫރު ތަޢުލީމު ލާޒިމުނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، އެފަދަ ހާލަތްތަކުގައިވެސް ކުއްޖާގެ ހާލަތާ އެކަށޭނަ މިންވަރަކަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަންޖެހޭނެއެވެ.
ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމަށް އަސާސީ ޝަރުޠުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން، ކުއްޖާއަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ޚާއްޞަ ޙާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވާންޖެހެއެވެ.
އަދި ހޯމް-ސްކޫލިންގ މެދުވެރިކޮށް ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ބެލެނިވެރިންގެ ކިބައިގައި ހުރުމާއެކު، މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލެއްގައި ކުއްޖާ ރަޖިސްޓަރީވެފައި އޮންނަންޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު