ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް
ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް
ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް މޮނިޓަރިންގެ ޙާލަތަށް ގެނަސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާރކް ކޮއްދިއްޕަރުގައި ހުރި ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށާއި، އެކަމާ ގުޅިގެން އެރިސޯޓު މޮނިޓަރިންގެ ޙާލަތަށްގެނަސްފައިވާ ކަމަށެވެ. އަދި މިއީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެފަރާތުން ބުނެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައި ވާއިރު އޭގެ ތެރެއިން 8 މީހުން ވަނީ މިބަލިން ފަސޭހަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން