މިހާރު ކުރިއަށްދާ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ ކުޅުން ފަށައިފިއެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ބާއްވާ އެންމެ ބޮޑު މުބާރާތުގެ އަންހެން ކެޓަގަރީގެ ކުޅުން ފެށީ ބުރާސަފަތި ދުވަހުގެރޭއެވެ. މިފަހަރުގެ މުބާރާތުގެ އަންހެން ކެޓަގަރީގައި ޖުމްލަ 19 ކުޅުންތެރިން ވާދަކުރެއެވެ. މި ކެޓަގަރީގައި ކުޅޭނީ 11 ރައުންޑެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް އިވެންޓް, ވިމެންސް އިވެންޓް އަދި އޯޕަންސް އިވެންޓެވެ. ޖުމްލަ 14 ކްލަބަކުން ވާދަކުރި ކްލަބް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީންނެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. ޤައުމީ ޗެސް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން