ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުނުކުރާތާ ގިނަ އަހަރުތަކަކަށްފަހު އިންޓަރ މިލާން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިންޓަރއަށް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުވީ އޭސީ މިލާނާއި ބައްދަލުކުރި ދެވަނަ ސެމީ ފައިނަލްވެސް ކާމިޔާބު ކުރުމުންނެވެ. ފުރަތަމަ ސެމީ ފައިނަލުގައި އިންޓަރ މިލާން މޮޅުވީ 2-0ންނެވެ. އޭގެ ފަހުން ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ންނެވެ. މި މެޗުގައި އިންޓަރގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އިންޓަރ ފައިނަލަށް ދަތުރުކުރީ 3-0ގެ އެގްރިގޭޓުންނެވެ.

މިއީ ފާއިތުވި 13 އަހަރުގެ ތެރޭގައި މުބާރާތުގެ ފައިނަލަށް އިންޓަރ ދަތުރުކުރި ފުރަތަމަފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓާރ ވާދަކުރީ 2009-10 ވަނަ ސީޒަންގައެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ބަޔާން މިއުނިކާއި ވާދަކޮށް އިންޓަރ ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޓަރ ވާދަކުރަން ޖެހޭނީ މިރޭ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ ލެގުން މޮޅުވާ ޓީމަކާއެވެ. ފުރަތަމަ ލެގު ނިމުނީ ކޮންމެ ޓީމަކުން ލަނޑެއްޖަހާ އެއްވަރުވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން