ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓިގެ ކެމްޕޭން ސްޓްރެޓެޖީ އެކުލަވާލައި ދެ ކެމްޕޭން މެނޭޖަރުން ޢައްޔަނު ކުރަށްވައިފިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ނިންމަވާފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖެ ދެބައަކަށް ބަހާލައި، ދެ ކެމްޕޭން މެނޭޖަރުން އައްޔަން ކުރެއްވުމަށެވެ. އެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމެއެެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، އެ ޕާޓީގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.
ޖޭޕީން އެޕާޓީގެ ކެމްޕޭނަށް ރާއްޖެ ބައިކޮށްފައިވަނީ، ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން އދ އަތޮޅުގެ ނިޔަލަށް ގްރޭޓާ މާލެ ދެބައިކޮށް އެއްބައި ހިމެނޭގޮތަށް އަމީން މެނޭޖް ކުރަށްވާ ގޮތަށެވެ. އަދި ދެކުނު ކަމަށް ކަނޑައަޅާފައިވަނީ ގްރޭޓަރ މާލޭގެ އެއްބައި ހިމެނޭ ގޮތަށް ވ އަތޮޅުން ފެށިގެން އައްޑީ ސިޓީއާ ހަމައަށް އިލްހާމް މެނޭޖް ކުރަށްވާ ގޮތަށެވެ.
އަދި ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމާއި ކެމްޕެއިން ލޯންޗް ކުރުމުގެ އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއޭޓާ ގުޅިގެން، އެ ދެމެނޭޖަރުން ކުރައްވާނެ ކަމަށާއި، އެދެބޭފުޅުންނަށް ބޭނުންވާ އެންމެހާ އެއްބާރުލުމަކާ އެހީތެރިކަމެއް ދިނުމަށް ޕާޓީގެ ކައުންސިލަށާއި މެންބަރުންގެ އަރިހުން ޤާސިމް ވަނީ އެދިލައްވާފައެވެ.
"ގުޅިގެން ވީހާވެސް ބާރު ސްޕީޑެއްގައި އެއްރޫހެއްގައި އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުން އެދެން" ޤާސިމް ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރަށްވާނެ ކަމަށާއި އެކަމުގައި ޝައްކެއް ނެތްކަމަށެވެ. އަދި އެކަން ސޯޝަލް މީޑިއާގައި ސާފުކޮށް ހިއްސާ ކޮށްދެއްވަން ކައުންސިލްގެ މެމްބަރުންގެ އަރިހުން ގާސިމް މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ގާސިމް ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ގުޅެމުންދާކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު