ވެރިކަމަކީ މީހުން އިމްތިހާނު ކުރެއްވުމަށްޓަކައި މާތްالله ދެއްވާ އެއްޗެއް ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން އިއުލާންކޮށް މެނިފެސްޓޯ ހާމަކުރަމުންދާ މި ދަނޑިވަޅުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ މާތް ރަސްކަލާންގެ މީސްތަކުންނަށް ވެރިކަން ދެއްވަނީ އެ މަޤާމުލިބޭ ފަރާތްތައް އިމްތިޙާން ކުރެއްވުމަށް ކަމަށެވެ.

"ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއް ނޫން." އިމްރާން ވިދާޅުވިއެވެ.



މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްގެ އިއްތިހާދުގައި ސިޔާސީ ހެވީވެއިޓުން ހިމެނުމަށް އެމްޑީޕީން ދަނީ އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. ރައީސްގެ އިއްތިހާދުގައި މިވަގުތު ހިމެނެނީ ޢަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަގާކިޔާ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވާއިރު، ކުރީގެ ރައީސް މައުމޫންވެސް ރައީސް ޞާލިޙާއެކު އިއްތިހާދު ވުމާމެދު ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ.

އޭގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ރައީސް ޞާލިޙާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ނުކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން