އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާ ނުލައި ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިރުމެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެޕާޓީގެ ތެރޭގައި ސިޔާސީ ވަކި ޙަރަކާތެއް ފައްޓަވާފައެވެ. އަދި އެޙަރަކާތަށް އެޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުންގެ ތާޢީދު ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ދިއުމުގެ މަޝްވަރާތައް ފިކުރެއްގެ ދިރުމުން ފަށާފައިވާއިރު ރައީސް ނަޝީދާނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ފޯޅަވައްސާ ދެމެދު އިންވަކިކުރުމުގެ މައްސަލާގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެންވެސް ފިކުރެއްގެ ދިރުމުން މަސައްކަތް ކުރަމުން ގެންދަނީ އިދިކޮޅު ފަރާތްތަކާ އެކުގައެވެ. އެ މައްސަލާގައި ބަންޑާރަނާއިބުގެ އިތުބާރު ނެތް ކަމަށް ހުށައެޅި މައްސަލާގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ސޮއިކޮށްފައިވެއެވެ.

އޭގެއިތުރުން ފޯޅަވަހި މައްސަލާގައި ދަޢުލަތުގެ ބަންޑާރަނާއިބުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައިވާކަން އިޢޫލާނުކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުން ތަމްސީލު ކުރަށްވާފައިވަނީ ޢާޒިމެވެ. އެގޮތުން ޢާޒިމް ވިދާޅުވީ ފިކުރެއްގެ ދިރުމާނުލާ ސިޔާސީ މާޙައުލުގައި ދިރުމެއް ނެތް ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިހާރު ރައީސް ޞާލިޙަށާއި، މިސަރުކާރަށް ހެޔޮބަހެއް ބުނާއަޑު އިވެނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް ކަމަށެވެ. އަދި ދިވެހިން ތިބީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ނޫން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އުފެދިފައިވާ ތުންފިއްތުން މިހާރު އެހެން ހިސާބަކަށް ގޮސް ގަސްތުގައި ޕާޓީ ފުނޑު ފުނޑުކޮށްލަން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލަށްވާނެކަމަށެވެ. އޭގެއިތުރުން އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން