ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނެކަން އިދިކޮޅު ފަރާތްތަކަށްވެސް ޔަޤީން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފޯޅަވަހި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިއްޔެއެވެ. އެކަމާގުޅިގެން މިޢްވާން އިއްޔެ ވިދާޅުވީ އެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ޢަދަދު އިދިކޮޅު ކޯލިޝަނަށްވެސް ކަށަވަރު ނޫން ކަމަށެވެ.
އެގޮތުން އިއްޔެ މަޖިލީހުގެ އިދާރާގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސް ކޮންފަރެންސްގައި ސޮއި ކުރެއްވި މެމްބަރުންގެ އަދަދާއި ގުޅޭގޮތުން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ސުވާލު ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުށަހަޅައިގެން އުޅެނީ އެބޭފުޅުންނަށް ފާސްވާނެކަން ޔަގީން ނުވާ މައްސަލައެއް ކަމަށެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފައެވެ.
މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އިމާ ގުޅޭ މި މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ދިވެހިރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ސޮއިގެ ޢަދަދު ތިރީހަށް ނާރައެވެ.

ކިޔުންތެރިންގެ ހިޔާލު