ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ހެދުމުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ ހިދުމަތް އަލުން ފެށުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، މިއަދު މެންދުރު އަލުން ހިދުމަތް ފެށޭނެކަމަށް އުންމީދުކުރާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދަން އެދޭ ފަރާތްތައް އިތުރުވެ، މިހާރު ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބޭ ކަމަށެވެ.



ގިނަ ބަޔަކު ޕާސްޕޯޓުގެ ޚިދުމަތަށް އެދެމުންދާތީ، ވީއެންމެ އަވަހަށް ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މީގެކުރިން އާއްމުކޮށް ދުވާލެއްގެ މައްޗަށް 160 ޕާސްޕޯޓް ދޫކުރި ނަމަވެސް އެޢަދަދު މިހާރު 280 އަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެޕްލިކޭޝަން ގިނަވި ނަމަވެސް ޚިދުމަތްދޭ ވަގުތު އިތުރުކުރަން މިހާތަނަށް ނިންމައިފައިނުވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދު ފަދަ ޗުއްޓީތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު އިތުރުވެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ޕާސްޕޯޓަށް އެދި ހުށަހަޅާ މިންވަރުވެސް ކޮންމެ އަހަރަކުވެސް އިތުރުވެގެން ދެއެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޕާސްޕޯޓެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 90 އަށްވުރެ ގިނަ ޤައުމަށް މިހާރު ދަތުރު ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން