ސަޕެންޝަނެއްގައި ހުންނެވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ސިރާޖު ޗައިނާއަށް ވަޑައިގެންނެވީ ސަސްޕެންޑްކުރި ފަހުންނެވެ. އެކަމާގުޅޭގޮތުން ވެމްކޯއިން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ޔޫސުފް ސިރާޖް ސަސްޕެންޑް ކޮށްފައިވަނީ ވެމްކޯގެ ޖެނެރަލް މެނޭޖަރަކަށް ކުރީން ހުންނެވި ބޭފުޅަކާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަން ފެށުމުން އެ މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލާގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ވެމްކޯ އިން ބަލަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސިރާޖުގެ މަސްލަޙަތު އޮތުމުން އެ މައްސަލަ ބެލުމުގައި ސިރާޖުގެ އެއްވެސް ދައުރެއް ނުބޭއްވުމަށް ކުންފުނިން ނިންމި ނަމަވެސް އެ ނިންމުމާއި ހިލާފަށް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
އެހެން ކަމުން 14 ދުވަހުގެ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ސިރާޖް ވަނީ ސަސްޕެންޑްކޮށްފައެވެ.
ސިރާޖު ކުރީން ހުންނެވީ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ވެމްކޯގެ އެމްޑީގެ މަގާމު ހުސްވީ ކުރީން އެމަގާމުގައި ހުންނެވި އާދަމް މުހައްމަދު މާޗް 14، 2022 ގައި މަޤާމުން ވަކިކުރެއްވުމުންނެވެ. އޭގެ ފަސް މަސް ފަހުން ވެމްކޯގެ އެމްޑީއަކަށް ސިރާޖު ހަމަޖެއްސެވީ ސެޕްޓެންބަރު 1، 2022 ގައެވެ.

ކިޔުންތެރިންގެ ހިޔާލު