ފޯޅަވަހި މައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކޮށްފި އެވެ.
އިދިކޮޅުން މި މައްސަލާގައި ރައީސް ނަޝީދާއި ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައިގައި އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން މިއަދު ރައީސް ނަޝީދާއި ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލުވުމުގެ އިތުރު ތަފްސީލް އަދުރޭ ހާމަކުރަށްވާފައެއް ނުވެއެވެ.
އިދިކޮޅު ލީޑަރު ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްގެ ލީޑަރޝިޕަށް ލަފާ ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއި، ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. ރައީސް ނަޝީދުގެ އިތުރުން ފިކުރެއްގެ ދިރުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ.
ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމުގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވުމެވެ.
މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކުރުން 08/05/2023 pic.twitter.com/ekBasF1KgO
— Abdul Raheem Abdulla (@Banafsaa) May 8, 2023
ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެކަމުގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ގަބޫލުކުރާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވުމެވެ.
މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.
ކިޔުންތެރިންގެ ހިޔާލު