ރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވައްޓަވާ ނުލައްވާނެ ހަރުދަނާ ލީޑަރަކީ ރައީސް ޞާލިޙް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ދެކުނު އޭޝިޔާގައި އެންމެ ބާރަށް ކުރިއަރަނީ ރާއްޖޭގެ އިޤްތިޞާދު ކަމަށާއި މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދަށް 6.6 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫގައި ބުނީ މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓާއި ގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރާއި 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ހިމެނުމަކީ ކާމިޔާބެއް ކަމަށެވެ. އަދި އެގޮތަށް އެކަން ވެފައިވަނީ ދަރަންޏަށް ނަގައިގެން ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ އިންޖީނު ހުއްޓުނަނުދީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގެ ދަށުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަދިވެސް ދުނިޔޭގެ އިޤްތިޞާދުއޮތީ ނާޒުކު ފައްތަރެއްގައި. ރާއްޖޭގެ އިޤްތިޞާދަށް ހުރި ގޮންޖެހުންތައްވެސް ކުޑައެއް ނޫން. ދުނިޔެއަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ" ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވައްޓަވާ ނުލައްވާނެކަމުގެ ކަށަވަރުކަމަށްޓަކައިވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށެވެ.
ވޯޯލްޑް ބެންކުން ނެރުނު ރިޕޯޓްގައި ވާގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދު ވަނީ ކޯވިޑްގެ ކުރިން ހުރި ހިސާބަށް އިއާދަވެފައެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ރާއްޖެއަށް ދެމެހެއްޓޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރަމުން ވޯލްޑް ބޭންކުން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދޭ ސަބްސިޑީއާއެކު އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަވާނެކަމަށް ރިޕޯޓްގައި ވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައި ސަރުކާުރުން ޓެކްސް ރޭޓަށް ގެންނެވި ބަދަލުތަކަށްވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރިއެރުންތަކެއް ލިބޭނެކަމަށްވެސް ވޯލްޑް ބޭންކުން ޤަބޫލުކުރެެއެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް އަންނަ ކުރިއެރުންތަކާއެކު، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް 6 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު