ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު މިހުރިހާ ދުވަހު ދެއްކެވީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއް ކަމަށް މި ސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ޗާގޮސްގެ މައްސަލައިގައި، ކުރީގެ ބަންޑާރަ ނައިބުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއެކު އިއްޔެ ހަވީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާފައެވެ. މިބައްދަލުވުމަށް ދައުވަތު ދެއްވައި ލީޑް ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށެެވެ. އެހެންކަމުން މީގެ ކުރިން ދުވަހަކު ވެސް އެތަން ހޯދުމަށް ވަކާލާތު ކުރަށްވާފައި ނެތް ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރުގެ ވާހަކަފުޅާ ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަމަށް ޑރ. މުނައްވަރަށް ވިދާޅުވާން ކެރިވަޑައިނުގަތުމުން މިހުރިހައި ދުވަހު ވިދާޅުވީ ނަތީޖާއެއް ނެތް ހުސް ވާހަކަފުޅެއްކަން މިއަދު ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.
ޑރ. މުނައްވަރު އިއްޔެ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑަނާޅާ ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮތީ މާ ކުރިން ކަނޑައަޅާފައި ކަމަށް މުނައްވަރު ވިދާޅުވިއެވެެ.
މުނައްވަރު ވިދާޅުވީ މި ސަރުކާރުން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގަސްތުގައި ދޫކޮށްލައިގެން ކަމަށެވެ. ރައީސްގެ ސިޓީއެއް މޮރިޝަސްއަށް ފޮނުވައިގެން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އަދި ރައްޔިތުންނަށްވެސް ވަގަށް އެކަން ކޮށްފައިވާތީ، މިއީ ދިވެހި ރައްޔިތުންގެ ފަރާތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Chagos akee Raajjeyge thaneh kamah Dr munahvarah vidhaalhuvaan kerivadainugathumun mi hurihaa dhuvahu vidhaalhuvee natheejja eh neiy hus vaahakafulhuthakeh kan miadhu v saafukoh haamavey.
— Imran Abdulla (@ShimranAb) May 4, 2023
ޑރ. މުނައްވަރު އިއްޔެ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑަނާޅާ ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮތީ މާ ކުރިން ކަނޑައަޅާފައި ކަމަށް މުނައްވަރު ވިދާޅުވިއެވެެ.
މުނައްވަރު ވިދާޅުވީ މި ސަރުކާރުން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގަސްތުގައި ދޫކޮށްލައިގެން ކަމަށެވެ. ރައީސްގެ ސިޓީއެއް މޮރިޝަސްއަށް ފޮނުވައިގެން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، އަދި ރައްޔިތުންނަށްވެސް ވަގަށް އެކަން ކޮށްފައިވާތީ، މިއީ ދިވެހި ރައްޔިތުންގެ ފަރާތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު