ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެއްވުމާ ގުޅިގެން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް، ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވައިފިއެވެ.
މިއަދު ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ވަރަށް ބޮޑުތަން ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.
އެކަމާގުޅިގެން މިނިސްޓަރ ނަސީމް މިއަދު ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮބަދަލާއި، ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ބައެއް މަޤާމްތަކުގެ މުސާރަބޮޑު ކުރެވިގެން ދިޔަ އަދަދުތައްވެސް ހާމަކުރަށްވާފައެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް ގެނައި މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮބަދަލާއި ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިިޙް އަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވަން. @ibusolih
— Ahmed Naseem (@KerafaNaseem) April 30, 2023
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ބައެއް މަޤާމްތަކުގެ މުސާރަބޮޑު ކުރެވިގެން ދިޔަ އަދަދުތައްވެސް ހާމަކުރަށްވާފައެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އަންނާނެކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. އަދި މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް ގެނައި މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ، އަދި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު