ޗާގޮސް މައްސަލާގައި ސަރުކާރުގެ މަސައްކަތަށް މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ސާބަސް ދެއްވައިފިއެވެ.
ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކުރުމާގުޅިގެން ސިޔާމް ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އެގޮތުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ޢަމަލުކޮށް ޗާގޮސް މައްސަލަ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިމުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި ސްޓްރެޓެޖިކް މަސައްކަތްފުޅަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
“ކާމިޔާބުކަމާއެކު މިއަދު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލަކާ ހިތްހަމަޖެހުމެއް.” ސިޔާމް ވިދާޅުވިއެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން އިއްޔެ ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު