ޓޮޓެންހަމްގެ ވަގުތީ ކޯޗުގެ މަގާމު ކްރިސްޓަން ސްޓެލިނީއާއި ހަވާލުކުރިތާ މަސްދުވަސް ނުވަނީސް އޭނާ މަގާމުން ވަކިކޮށްފިއެވެ.
ސްޓެލިނީ މަގާމުން ވަކިކުރީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލަދުވެތި ގޮތަކަށް ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުންނެވެ. އެމެޗުގައި ނިއުކާސަލް އަތުން ޓޮޓެންހަމް ބަލިވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ނިއުކާސަލް ޓީމުންނެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމަށް ވަނީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ލީގު ތާވަލުގައި މިހާރު ޓޮޓެންހަމް އޮތީ ފަސްވަނާގައެވެ. ފަސްވަނާގައި ލީގު ނިންމާލައިފިނަމަ އެޓީމު ޖެހޭނީ މިއަންނަ ސީޒަނުގައި ޔޯރަޕާ ލީގު ކުޅޭށެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ.
އުމުރުން 48 އަހަރުގެ ސްޓެލިނީ ޓޮޓެންހަމާއި ހަވާލުވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެއީ އޭރު ޓީމާއި ހަވާލުވެ ހުރި އެންޓޯނިއޯ ކޮންޓޭ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ކޮންޓޭ ވަކިވީ 16 މަސް ދުވަހު ޓީމަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު