ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި ސެމީ ފައިނަލުގެ ތެރެއިން
ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި ސެމީ ފައިނަލުގެ ތެރެއިން
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކުރަންޖެހިއްޖެއެވެ.

މެންޗެސްޓަރ ސިޓީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހޮނިހިރު ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑާއި ވާދަކުރި ސެމީ ފައިނަލް މެޗު 3-0ން ކާމިޔާބުކޮށްގެންނެވެ. ޔުނައިޓެޑުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގައި ބްރައިޓަންގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ބްރައިޓަން ޓީމުންނެވެ. ފޯރިގަދަ މި މެޗުގައި އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއްވެސް އުފެއްދީ ބްރައިޓަންއިންނެވެ. ދެޓީމު ސަލާމަތްކުރުމުގައިވެސް ކީޕަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޔުނައިޓެޑް ކުރިހޯދީ 7-6ންނެވެ. ޔުނައިޓެޑްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު, ބްރައިޓަންގެ ސޮލީ މާޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލް މެޗު އޮންނާނީ ޖޫން ތިންވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން