މުޙައްމަދު ޔާސިރު މޫސާ   23 އޭޕްރީލު 2023 - 8:3
ސިޓީ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން
ސިޓީ އާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް, މެންޗެސްޓަރ ސިޓީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސިޓީން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި 3-0 އިން ޝެފީލްޑް ބަލިކޮށްގެންނެވެ. މިމެޗުގައި ސިޓީގެ ތިން ލަނޑުވެސް ޖަހައިދިނީ ރިޔާޒް މަހްރޭޒްއެވެ. މުބާރާތުގެ ފައިނަލުގައި ސިޓީ ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. މި މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 20:30 ގައެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރުމާއެކު ސިޓީން ވަނީ މި ސީޒަންގައި ރެކޯޑަކާއި ހަމަކުރުމާއި ގާތަށް ޖެހިލާފައެވެ. މިހާތަނަށް އެއް ސީޒަނެއްގައި އެފްއޭކަޕް, ޕްރިމިއަރ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށް އެކަންޏެވެ. ޔުނައިޓެޑުން މި ރެކޯޑު ހެދީ 1999 ވަނަ އަހަރުއެވެ.

މި ސީޒަންގައި މި ރެކޯޑު ހެދުމަށް ސިޓީއަށްވެސް ފުރުސަތު އެބައޮތެވެ. އެފްއޭ ކަޕްގެ ފައިނަލަށް އެޓީމު ދަތުރުކޮށްފައި ވާއިރު, ޕްރިމިއަރ ލީގުގައި އެޓީމު އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. ބާކީ މެޗުތައް ނިމޭއިރު ތާވަލުގެ އެއްވަނައަށް އަރާ ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުރިއަށް އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބައްދަލުކުރާ ސެމީ ފައިނަލް މެޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން