އާސެނަލްއާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލްއާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން ލީގު ކާމިޔާބު ކުރުމަށް އާސެނަލްގެ އަމިއްލަ ބާރު ކެނޑިއްޖެއެވެ.

ހުކުރު ދުވަހުގެރޭ އާސެނަލް އާއި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ 3-3ން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އާސެންލަގެ ކީޕަރު ހެދި ގޯހެއްގެ ފައިދާ ނަގާ ސައުތެމްޓަންއަށް ލީޑު ނަގައިދިނީ އަލްކަރާޒްއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އަލްކަރާޒްގެ އެހީތެރިކަމާއެކު ވަލްކޮޓް ވަނީ ލަނޑެއް ޖަހާ ސައުތެމްޓަންއަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާޓިނޭލީއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ސައުތެމްޓަންގެ ކަލެޓާ-ކާ ވަނީ ލަނޑެއް ޖަހާ އަނެއްކާވެސް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ދެލަނޑުޖަހާ އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ލަނޑުތައް ޖަހައިދިނީ އޮޑެގާޑް އާއި ސަކާއެވެ.

މި ނަތީޖާއާއެކު ތާޥަލުގެ އެއްވަނާގައި އާސެނަލް އޮތީ 32 މެޗުން 75 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީ ވަނީ 30 މެޗުން 70 ޕޮއިންޓު ހޯދާފައެވެ. މެޗުން ބަލިވި ސައުތެމްޓަން އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

މި މެޗުގައި ތިން ޕޮއިންޓު ކަށަވަރު ނުކުރެވުމުން އާސެނަލްއަށް ވަނީ ލީގުގެ ތަށި ހޯދުމަށް އަމިއްލަ ބާރު ގެއްލިފައެވެ. އެއީ 30 މެޗު ކުޅެފައިވާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް އާސެނަލްއާއ އެއްވަރަށް މެޗު ކުޅެގެން 76 ޕޮއިންޓު ހޯދެން އޮތީމައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން