އިންޓަ އޮފީސް ޗެސް ޗެމްޕިއަންޝިޕްގެ ތެރެއިން, ފޮޓޯ: އެމްސީއޭ
އިންޓަ އޮފީސް ޗެސް ޗެމްޕިއަންޝިޕްގެ ތެރެއިން, ފޮޓޯ: އެމްސީއޭ
ޖުމްލަ 80,000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޤައުމީ ޗެސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ނެޝަނަލް ޗެސް ޗެމްޕިއަންޝިޕަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. އެމްސީއޭއިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް ކެޓަގަރީ، ވިމެންސް ކެޓަގަރީ އަދި އޯޕަންސް ކެޓަގަރީ ހިމެނޭގޮތަށެވެ. މިއީ މިގޮތަށް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. ޤައުމީ ޗެސް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމެވެ.

މިއަހަރުގެ ގައުމީ މުބާރާތް އިއުލާނުކޮށްފައިވާއިރު ކްލަބް ކެޓަގަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މުބާރާތުގައި މި ކެޓަގަރީގެ މެޗުތައް އޮންނާނީ މޭ ހަތަރަކުން 12ގެ ނިޔަލަށެވެ. ވިމެންސް ކެޓަގަރީގައި ބައިވެރިވެވޭނީ މެއި 10 ގެ ކުރީންނެވެ. މި ކެޓަގަރީގެ ކުޅުން އޮންނާނީ މެއި 17ން 26ގެ ނިޔަލަށެވެ.

އޯޕަން ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ ޖޫން އެއްވަނަ ދުވަހާއި ހަމައަށެވެ. މި ކެޓަގަރީގެ މެޗުތައް ކުރިއަށް ދާނީ ޖޫން ހަތަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން