ކަރަންޓްބިލް ބޮޑުވެގެން މީހަކު ރުޅިއައިސްގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލެއް
ކަރަންޓްބިލް ބޮޑުވެގެން މީހަކު ރުޅިއައިސްގެން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލެއް
ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވިކަމަށް ބުނާ މައްސަލަ ބަލަމުން ގެންދާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ޖޫންމަހުގެ ކަރަންޓް ބިލް ބޮޑު ކަމަށް ބުނެ ކަސްޓަމަރުން ފާޅުކުރަމުންދާ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށެވެ.

މިއަދު ގިނަ ބަޔަކު ވަނީ ޖޫން މަހުގެ ކަރަންޓް ބިލް ވަރަށް ބޮޑުވެފައިވާކަމަށްބުނެ ޝޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ލޮކްޑައުންގެ ކުރިން އައި ބިލްތަކާއި ޖޫން މަހުގެ ބިލްގައި ހުރި ތަފާތުތައް ގިނަ ބަޔަކު ވަނީ ފާހަަގަކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ބައެއް ބިލްތައް ތިންގުނަ އަދި ހަތަރު ގުނަައަށް ވެސް ވަނީ ބޮޑުވެފައެވެ.



ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާއި އެކަމާ ގުޅިގެން ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް މައްސަލަ ހުށައަޅާފައެވެ.

ސްޓެލްކޯއިން ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުން ކެތްތެރިކަމާއެކު ތިއްބެވުމަށާއި، ސްޓެލްކޯއިން އެ މައްސަލަ ބަލަމުން ގެންދާކަމަށް ބުނެފައެވެ.

ކުރިން ހާހެއްހާ ރުފިޔާ ނާރާ ގޭގޭގެ ބިލްތަކަށް މިފަހަރު 4،000 ރުފިޔާ އަރާފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ. ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ހީވަނީ ކުރީ ދެ މަހު ދިން ސަބްސިޑީ މިފަހަރު ނެތުމުން ކަމަށެވެ. ސްޓެލްކޯގެ މި ސްޓޭޓްމަންޓާއި ގުޅިގެން ރުޅި ގަދަވެފައި ތިބި ރައްޔިތުންގެ ރުޅި އިތުރަށް ގަދަވެ ސަރުކާރަށާއި ސްޓެލްކޯއަށް ރައްދު ކުރަމުން ދިޔަ ބަހުގެ ހަމަލާތައް ދެގުނައަށް އިތުރުވެގެން ގޮސްފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

02-Jul-2020

ގްރޭޓް ގްރޭޓް މާލޭ ކަރަޓް ބިލްތަކަށް ކޮރޯނާ ޖެހިއްޖެ



ޓްރެންޑިން