އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒު ނުކުރާކަމަށްބުނެ ބައެއް މީހުން ބައިއަތު ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު މީހުންނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމާއެކު ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރާތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް މިހާހިސާބަށް އައިއިރުު ރަސްމީކޮށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ޢަލީ ނިޔާޒް މިއަދު ވިދާޅުވީ އެމް.ޑީ.ޕީ ގެ ސިޔާސަތު ސަރުކާރުން ތަންފީޒު ނުކުރާކަމަށް ބުނެ ބައިއަތު ހިފަނީ އެސިޔާސަތުތަކާ އެންމެ ދެކޮޅު ފިކުރު މީހުންނާ ކަމަށާއި އެހެންކަމުން އެފަދަ ނިންމުންތަކަކީ ސިޔާސީ ނިންމުންތައް ކަމަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
"އެމީހުންނާއެކު އެ ސިޔާސަތު ހިންގަން! މީ ސިޔާސީ ވާހަކައެއްތޯ؟ ނޫނީ ބުއްދި ގަބޫލުކުރާ ހަމަޖެހޭ ވާހަކައެއްތޯ؟" ޢަލީ ނިޔާޒް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބެލުމަށްފަހު ސިޔާސީ ގިނަ މީހުން ބުނަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ވާދަކުރެއްވި ނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮންނާނީ ގާސިމް އިބްރާހިމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު