އުމުރުން 30 އާއި 40 އަހަރުން ބައްޔެއް ހުރިތޯ ބެލުމަށް މިޓެސްޓުތައް މުހިއްމު
އުމުރުން 30 އާއި 40 އަހަރުން ބައްޔެއް ހުރިތޯ ބެލުމަށް މިޓެސްޓުތައް މުހިއްމު
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް އެކިއެކި ބަދަލުތައް އާދެއެވެ. މިއާއެކު ތަފާތު އެކި ބަލިތަކަށް މީހާ ހުށަހެޅިދެއެވެ. އެހެންކަމުން، ދެބައި އުމުރަށް ތިމާ އެޅުމުން ޤަވައިދުން ޓެސްޓުތައް ހަދައި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޤަވައިދުން ހެލްތު ޗެކަޕްތައް ހެދުމުން ހަށިގަނޑުގައި ބައްޔެއް ހުރިނަމަ އެބައްޔެއްގެ ކުރީކޮޅުގައި ބަލި ދެނެގަނެ ބޭސްފަރުވާކުރަން ފަސޭހަވެގެންދާނެއެވެ. ވަކިން ޚާއްސަކޮށް އާއިލާގައި ހަކުރު ބައްޔާއި، ހިތުގެ ބަލި އަދި ލޭމައްޗަށް ދިއުމުގެ މައްސަލަތައް ހުންނަނަމަ، މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ.

އެހެންކަމުން މިބަލާލަނީ އުމުރުން 30 އާއި 40 ގެ އަހަރުތަކުގައި ތިމާގެ ސިއްހީހާލަތު ދެނެގަތުމަށް ކޮންމެހެންވެސް ހަދަންޖެހޭ ޓެސްޓުތަކަށެވެ.

30 އަހަރަށް އެޅުމުން ހެދުން މުހިންމު ޓެސްޓުތައް:

1. ބްލަޑް ޕްރެޝަރ އާއި ކޮލެސްޓްރޯލް ޓެސްޓު:

ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މިޓެސްޓުތައް ހެދުމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މިދެސަބަބު ދެނަގަނެ ފަރުވާ ހޯދަން ފަސޭހަވެގެން ދެއެވެ.

2. ތައިރޮއިޑް ފަންގްޝަން ޓެސްޓުތައް:

ތައިރޮއިޑް ބައްޔަކީ ފަލަވުމާއި ހަނދާންނެތޭ ބައްޔާއި، ރާއްޖެ ބަލި އަދި ބޮލުން އިސްތަށި ފޭބުންފަދަ ކަންކަން މެދުވެރިކުރުވާ ބައްޔެކެވެ. އެހެންކަމުން ތައިރޮއިޑް ޓެސްޓުތަކުން ތައިރޮއިޑް ލެވަލްތައް ހުރި މިންވަރު ދެނެގަނެވޭނެއެވެ.

3. ހިތާއި ބެހޭ ޓެސްޓުތައް:

ހިތުގެ ބަލިތައް ހުރިތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި ޤަވައިދުން މިޓެސްޓުތައް ހެދުމުން ހިތުގެ މައްސަލައެއް ހުރިނަމަ ބަލީގެ ކުރީކޮޅުގައި ދެނެގަނެ ފަރުވާ އަވަސް ކުރެވޭނެއެވެ.

4. ޖިންސީގޮތުން ގައިންގަޔަށް އަރާބަލިތަކާއި ބެހޭ ޓެސްޓުތައް:

ޤަވައިދުން މިފަދަ ޓެސްޓުތައް ހެދުމުން، ފަރުވާ ނުކޮށްފިނަމަ މުސްތަޤުބަލުގައި ގެއްލުން ލިބިދާނެފަދަ ބަލިތަކުން ދިފާއުވުމަށް ފުރުޞަތު ލިބިގެންދެއެވެ.

5. ކެންސަރ ސްކްރީނިންގ:

އާއިލާގައި ކެންސަރު ބަލީގެ މީހުން ތިބި ނަމަ، އަދި ކެންސަރ ވބަލި ޖެހުމަށް މަގުފަހިކުރުވާ އެހެނިހެން ކަންކަން ފާހަގަކުރެވޭނަމަ، ޤަވައިދުން ކެންސަރ ސްކްރީނިން ހެދުމަކީ މުހިންމު ކަމެކެވެ.

40 އަހަރަށް އެޅުމުން ހެދުން މުހިންމު ޓެސްޓުތައް:

1. ލިޕިޑް ޕްރޮފައިލް ޓެސްޓް:

ލިޕިޑް ޕްރޮފައިލް ޓެސްޓަކީ ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަނެ ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ އަލާމާތްތައް ހުރިތޯ ބެލުމަށް ހަދާ ޓެސްޓެކެވެ.

2. ލޮލުގެ ޗެކަޕް:

ޤަވައިދުން ލޮލުގެ ޗެކްއަޕްތައް ހެދުމުން، އުމުރު މަތިވާވަރަކަށް ލޮލުގެ ފެނުން ދަށްވުމާއި، ކެޓަރެކްޓްސް އާއި އެހެނިހެން ލޮލުގެ މައްސަލަތައް ދެނެގަނެވޭނެއެވެ.

3. ހަކުރު ޓެސްޓު:

ޑައިބިޓީސް ޓެސްޓަކީ ލޭގައި ހުރި ހަކުރުގެ މިންވަރު ދެނެގަނެ ހަކުރުބަލި ދެނެގަތުމަށް ހެދޭ ޓެސްޓުތަކެވެ.

4. މެމޮގްރާމް:

އުރަމަތީގެ ކެންސަރު ހުރިތޯ ބެލުމަށް ޤަވައިދުން މެމޮގްރާމް ހެދުމަކީ މިއުމުރުގައި އަންހެނުން ފަރުވާތެރިވާންޖެހޭނެ ކަމެކެވެ.



5. ޑެންޓަލް ޓެސްޓު:

ޤަވައިދުން ޑެންޓިސްޓަކަށް ޒިޔާރަތްކޮށް ޑޮކްޓަރަށް ދެއްކުމުން ދަތް ފަނިކެއުމާއި ދަތުގެ އެހެނިހެން މައްސަލަތަކަށް ހައްލު ހޯދި އޯރަލް ނުވަތަ އަނގައިގެ ހައިޖިން ހިފެހެއްޓޭނެއެވެ.

އެހެންކަމުން، ފަރުވާބަހައްޓައިގެން ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުމަށް ރަނގަޅު ކާނާކެއުމާއި، ކަސްރަތުކުރުމާއި އެކު ޤަވައިދުން އަހަރަކު އެއްފަހަރު ޑޮކްޓަރަށް ދައްކައި މިފަދަ ޓެސްޓުތައް ހަދައި، ތިމާ ހުރީ ދޮޅަހެޔޮ ސިއްހަތެއްގައިކަން ކަށަވަރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން