އިނގުރުފެނަކީ މައްސަރު ކަންތަކުގައި ބަނޑުގައި ރިއްސާ ރިއްސުމަށް ލުއިކަން ގެނުވައިދޭ ބުއިމެކެވެ.
އިނގުރުފެނަކީ މައްސަރު ކަންތަކުގައި ބަނޑުގައި ރިއްސާ ރިއްސުމަށް ލުއިކަން ގެނުވައިދޭ ބުއިމެކެވެ.
މައްސަރު ކަންތަކަކީ ގިނަ އަންހެނުންނަށް ވަރަށް އުނދަގޫ ކުރުވާ ކަމެކެވެ. ބަނޑުގައި ރިއްސުމާއި ބުރިކަށީގައި ރިއްސުމަކީ ވަރަށް ގިނަ އަންހެނުން މިކަމުގައި ތަހައްމަލު ކުރާ އުނދަގޫތަކެކެވެ. އަދި އާއްމުގޮތެއްގައި މިކަމުގައި އަންހެންވެރީން ހޭދަކުރާ ދުވަސްދުވަހުގައި ވަރުބަލިވެ ކުރަންހުންނަ މަސައްކަތްތައް ކުރުމަށް އުނދަގޫވުމަކީ ވަރަށް ގިނަ އަންހެނުންގެ ފަރާތުން އަބަދުމެ އިވޭ ޝަކުވާއެކެވެ. އެހެންކަމުން ކިރިއާވެސް ލުޔެއް ލިބޭނެގޮތެއް ހޯދުމަށް ބޭނުންވެއެވެ. އެގޮތުން ގިނަފަހަރަށް ސައިޑް އެފެކްޓްސް ހުންނަ ތަފާތު ބޭސްތައް ކެއުން ހައްލުކަމަށް ދެކި ބައެއްމީހުން ބޭސްކައިއުޅެއެވެ. ދެން ދިމާވެގެން އުޅޭނެ މައްސަލައަކީ އެބޭސް ކެއުމުން ތިމާގެ ހަށިގަނޑަށް އަންނަ ބަދަލެވެ.

އެހެންކަމުން، މިދެންނެވި އެއްވެސް ބާވަތެއްގެ ބޭހެން ބޭނުންނުކޮށް މައްސަރުކަންތަކުގައި އެ އަޅާވޭން ތިރީގައި މިބަޔާންކުރާ 5 ބުއިމުން ލުއިވެގެންދެއެވެ. ދެންފަހަރަކުން ނިކަން އަޖުމަބަލަލާށެވެ.

1. ކެމޮމައިލް ޓީ

ކެމޮމައިލް ޓީގައި ހިޕިއުރޭޓްއާއި ގްލައިސީން މާއްދާ އެކުލެވެއެވެ. މިއީ މަސަލް ސްޕޭސަމް ނުވަތަ މަސްތަކަށް ބާރުވެ ވާންވެފައި ހުރުމާއި ކްރޭންޕިންއަށް ލުއިގެނުވައިދޭ މާއްދާތަކެކެވެ. އަދި މިއީ މީހާގެ މޫޑު ރަނގަޅުކުރުވައި މީހާ ރިލެކްސް ކުރުވާ ސައެކެވެ. މި ސައި ތައްޔާރުކުރުމަށް ހޫނުފެނުގެ ތެރެއަށް ކެމަމޮއިލް އެޅުމުން ނިމުނީއެވެ. ކެމަމޮއިލް ސައި ތައްޔާރުކުރުމަށް ޕެކެޓުކޮށްފައި ހުންނަ ސައިފަތް ޕެކެޓުވެސް ބޭނުން ކުރެވިދާނެއެވެ.

2. އިނގުރު ފެން

އިނގުރުފެނަކީ މައްސަރު ކަންތަކުގައި ބަނޑުގައި ރިއްސާ ރިއްސުމަށް ލުއިކަން ގެނުވައިދޭ ބުއިމެކެވެ. އިނގުރަކީ އެންޓި އިންފްލެމޭޓަރީ މާއްދާތައް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ގިނައިން ލޭ އަންނަ ދުވަސްތަކުގައި އިނގުރުފެން ބުއިމުން ބަނޑަށް ލުއިކަން ލިބިގެންދާނެއެވެ. 3-2 ފޮތި އިނގުރު ހޫނު ފެނަށް އެޅުމަށްފަހު ނުވަތަ ގާނާފައި އޭގެ ދިޔަކޮޅުގެ ތެރެއަށް ހޫނުފެން އެޅައިގެން އިނގުރު ފެން ތައްޔާރުކޮށްލެވޭނެއެވެ.

3. ގްރީން ސްމޫތީސް

ކިވީއާއި ގަނދަކޯޅިފަތާއި 3-2 ފޮތި އިނގުރު އަދި ކުރުނބާފެން އަޅައި ބްލެންޑަރަކުން މިކްސްކޮށްލުމުން މިސްމޫތީ ތައްޔާރު ކުރެވޭނެއެވެ. މިއީ ހަށިގަނޑުގައި އަޅާ ވޭން ކުޑަކޮށްދިނުމަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެ މީރު ބުއިމެކެވެ. އެހެންކަމުން ތަދު ކުޑަކުރުމަށް އަދި ހަށިގަނޑަށް ލުއިކަން ގެނެސްދިނުމަށް މިބުއިން ތައްޔާރުކޮށްގެން ބޭނުންކުރާށެވެ.

4. ޕެޕަރ މިންޓް ޓީ

ޕެޕާ މިންޓް ޓީގައި ބޭހާއި ނުލައި މަސަލް ރިލެކްސް ކުރުވައިދޭ މާއްދާތައް އެކުލެވިގެންވެއެވެ. އޭގައި ހިމެނޭ މެންތޯލް މާއްދާއަކީ މައްސަރު ކަންތަކުގައި އުޅެންޖެހޭ ދުވަސްތަކުގައި ދިމާވާ ބަނޑު ހަރުވުމާއި، ބްލޯޓް ވުން އަދި ކްރޭންޕިންގ މައްސަލައަށް ލުއިކަން ގެނުވައިދޭ އެއްޗެކެވެ. ގަނދަކޯޅިފަތްކޮޅަކާއި އަސޭމިރުހުގެ ހަވަރަކަށް ފުއް އެޅުމަށްފަހު ފެން ހޫނުކުރުމުން ޕެޕަރ މިންޓް ޓީ ތައްޔާރުކުރެވޭނެއެވެ.

5. ސިނަމަން ޓީ

ފޮނިތޮއްޓަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި އެއްޗެކެވެ. އަދި މައްސަރު ކަންތައް ފަސޭހަކޮށްދޭ މާއްދާތައްވެސް ފޮނިތޮށީގައި ހިމެނެއެވެ. މިގޮތުން އެންޓިސްޕާސްމޮޑިކް، އެންޓި ކްލޮޓިން އަދި އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވެއެވެ. ސިނަމަން ޓީ ތައްޔާރުކުރުމަށް ފޮނިތޮށިކޮޅެއް ފެނުގެ ތެރެއަށް އެޅުމަށްފަހު ކައްކާށެވެ. ދެން ބޯންވީމާ މާމުއިކޮޅަކާއި އެއްކޮށްގެން ބޯލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން