ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސްގެ މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކޮށްފައިވަނީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

ޕީޕީއެމުން މިއަދު ބުނީ ރައީސް ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި އައްބާސްގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އެބަތިއްބެވެ. އޭގެ ތެރެއިން އައްބާސް ހައްޔަރުކުރީ އިއްޔެ އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ހަތަރު ފިރިހެނުންނެވެ. މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވެއެވެ. އަދި ބާކީ ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެެވެ. އެ މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން