އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް އެ ރަށު ކައުންސިލް އުވާލުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫ ކައުންސިލް އުވާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޣަފޫރު މިއަދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަނޑައަޅާ، އެރަށްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން މި ސަރުކާރުން ނިންމީ މިއަހަރު ފެބްރުއަރީ 1 ގައެވެ. ސަރުކާރުން އެގޮތަށް ނިންމީ އެ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފާ ވެސް ބައްދަލުކޮށް ކ. ތުލުސްދޫއަށް ބަދަލުވާންވެސް މަޝްވަރާކޮށްފައެވެ. ހަނިމާދޫ އަކީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވެގެން ސިޓީ ފޮނުވި ދެވަނަ ރަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް، ހަނިމާދޫގައި ގެތައް އެޅުމުގެ މަޝްރޫއު، 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުންފުންޏަކާ ހަވާލު ކުރީ މިދިޔަ އޮގަސްޓު މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު