ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ އެތެރޭގެ ފެކްޝަނެއްނޫން ކަމަށާއި އެއީ ޕާޓީ ރޫޅާލަން އުޅޭ ބައެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ފައްޓަވާފައިވާ “ފިކުރެއްގެ ދިރުން” ހަރަކާތަށް އިޝާރާތްކުރައްވައި ޝަރީފް މިއަދު ވިދާޅުވީ އެއީ ޕާޓީތަކުގެ ތެރޭގައި އުފެދޭ ފެކްޝަންތަކާ މުޅިން ޚިލާފަށް ހިންގާ ޙަރަކާތެއް ކަމަށެވެ.

އެގޮތުން ފިކުރެއްގެ ދިރުން އުފައްދަވައިގެން ރައީސް ނަޝީދު މަސައްކަތްކުރަށްވަނީ އެމްޑީޕީގެ މެންބަރުންގެ ކިބައިން ބަދަލު ހިއްޕަވައި ޕާޓީ ރޫޅާލުމަށްކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ އެތެރޭގެ ފެކްޝަނެއްނަމަ ޕާޓީގެ ވެރިކަން ނަގާލައި ޕާޓީ ފިތުނަކޮށް ގަޑުބަޑު ކުރުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އެހެންކަމުން އެކަމާމެދު ޕާޓީއަށް ހެޔޮއެދޭ މީހުން ވިސްނަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ.

ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން