ދިވެހި ދަޢުލަތަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ގ. އޯކަމް އިސްތަފާ އިބްރާހިމް މަނިކު މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 83 އަހަރުގައި އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވީ، އާލާސްކަންފުޅެއްގައި ގިނަ ދުވަސްތަކެއްވަންދެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި އިސްތަފާއަށް ފަރުވާ ދޭތާ 10 ވަރަކަށް ދުވަސް ވަނީ ވެފައެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި އިސްތަފާ އިބްރާހީމް މަނިކުގެ ހުންނަވަނީ އަންހެން ދަރިކަނބަލެކެވެ.

އިސްތަފާ އިބްރާހީމް މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ޑިފެންސް މިނިސްޓްރީގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު