ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކުރި ފައިހް ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ފައިހް އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވީ މިރޭ ކަމަށެވެ. އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު (25އ) ހޯދަމުން ދިޔައީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެންނެވެ.

ފައިޙް ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތުގައި ފުލުހުން މީގެ ކުރިންވަނީ 5 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ އޭގެ ތެރެއިން ދެ މީހުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ ފައިހްގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު