މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ލީޑަރޝިޕްގެ ބޭފުޅުން ޢަދާލަތު ޕާޓީއާ ބައްދަލުކޮށްފިއެވެ.

ޢަދާލަތު ޕާޓީން މިއަދު ބުނީ އެބައްދަލުވުމަކީ އެމްއާރުއެމްގެ އެދުމުގެ މަތިން އެ ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނު ކަމަށް ޢަދާލަތު ޕާޓީން މަޢުލޫމާތުދެއެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން އެމްއާރުއެމުން ބުނެފައިވަނީ އެ ބައްދަލުވުމަކީ ޢާއްމު މަޝްވަރާ ބައްދަލުކޮށްލެއްވުމެއް ކަމަށެވެ.



ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްއާރުއެމުން މިހާރު ވަނީ ޖުމްހޫރީ ޕާޓީ އާއި، އެމްޑީޕީއާއެކު ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ރައީސް ފާރިސް ވިދާޅުވީ، އެޕާޓީން ދަނީ މަސްރަޙު ދިރާސާކޮށް ކުރިއަށް ދެވެންހުރި މަގުތައް ހޯދަމުން ކަމަށާއި މިވަގުތު ރިޔާސީ އިންތިޚާބާމެދު ވަކި ނިންމުމެއް ނެތް ކަމަށެވެ.

އެމްއާރުއެމް އަކީ ސަރުކާރު ހިންގާ އެމްޑީޕީ އިއްތިހާދުގެ މުހިންމު ބައިވެރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު