އެމްޓީސީސީން 1400 ހޯސްޕަވަރުގެ ޔަންމާ އިންޖީނެއް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މޯލްޑިވްސް މެރީން އެކްސްޕޯގައި ތަޢާރަފްކުރި މި އިންޖީނަކީ ތެލުގެ ޚަރަދު ކުޑަ، ގިނަ ދުވަހު ގެންގުޅެވޭނެ ފަދަ އިންޖީނެއް ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. މިއީ ރާއްޖޭގެ މާކެޓަށް ތަޢާރަފްކުރި އެންމެ ބޮޑު އިންޖީނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ތަޢާރަފްކުރި އިންބޯޑް އިންޖީނަކީ ޔަންމާ އިންޖީނުތަކެވެ. އެއީ މިހާރު ރާއްޖޭގެ މާކެޓުގެ 80 އިންސައްތަ ޙިއްސާކުރާ އުފެއްދުމެއްކަަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި އަހަރުގެ މެރީން އެކްސްޕޯގައި އެމްޓީސީސީން ވަނީ ރެކްރިއޭޝަނަލް މަސްވެރިކަމަށް ޚާއްސަ ޔަންމާ ބޯޓެއް ވެސް ތައާރަފުކޮށްފައެވެ. ޖަޕާނުގެ މި ބޯޓަކީ "އޮފް ޝޯ ޑީޕް ވޯޓާ ފިޝިން"އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ބޯޓެކެވެ.

މި އަހަރުގެ އެކްސްޕޯގައި 100 ކުންފުންޏެއްގެ 170 ސްޓޯލް ބަހައްޓާފައިވެއެވެ. މިއީ ރާއްޖޭގައި މެރިން އިންޑަސްޓްރީއަށް ޚާއްސަކޮށް ބާއްވާ އެންމެ ބޮޑު އިވެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން