ރާއްޖެއަށް މަންފާއާއި ކުރިއެރުން ހޯދެން އޮތީ މާދަމާ ބާއްވާ އެމްޑީޕީގެ ޕްރައިމަރީގަައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ސޯލިހުގެ ކެމްޕޭން ނިއްމުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ރާއްޖެއަަށް މަންފާއާއި ކުރިއެރުން ހޯދެން އޮތީ ރައީސް ސާލިޙާއެކު ކަމަށެވެ. އެހެންކަމުން މާދަމާގެ ޕްރައިމަރީގައި އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހް އިންތިޚާބުކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއަށް ފަސް އެބުރި ފަހަތަށް ޖެެހެވެން ނެތް ކަމަށާއި ހުއްޓި ތިބެވެން ވެސް ނެތް ކަމަށެވެ. އަދި އެމްޑީޕީން ދާންޖެހޭނީ ރައީސް ސޯލިހާއެކު ބާރަށް ކުރިއަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް މި ސަރުކާރުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް ކުޑަކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައި އިގްތިސާދީ ހީނަރުކަމުން އަރަައިގަތުމަށް އެތައް މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށް އެންމެ ފަހުން ގައުމުގެ ހަރުމުދާތައް ވިއްކާލަންޖެހުނު ކަމަށެވެ.

ރައީސް ސާލިޙު ކޮވިޑުގެ ހާލަތުން އަރައިގަތީ ގައުމުގެ ހަރުމުދާ ވިއްކައިގެން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ސާލިޙު ކޮވިޑުގެ ހާލަތުން އަރައިގަތީ ގައުމުގެ ހަރުމުދާ ވިއްކައިގެން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ސާލިހަކީ އެމްޑީޕީގެ ސަރުކާރެއް ހިންގޭނެ ފަދަ ކެތްތެރި ވިސްނުންތެރި ރައީސެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން