ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

ފުލުހުންގެ އެންމެ އިސް މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އިޢުލާނުކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއުކޮށް، ގާބިލުކަން ވަޒަންކުރުމަށްފަހު ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ



ކިޔުންތެރިންގެ ހިޔާލު