އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ އޭގެ ކުރީ 2021 ވަނަ އަހަރު ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 79 އިންސައްތަ އިތުރު އަދަދެކެވެ.
18 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް މިދިޔަ އަހަރު ވަނީ 742 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެންމެ ފަހުން ނިމުނު މިދިޔަ އަހަރުގެ 4 ވަނަ އަހަރު ކުއާޓަރަށް ބަލާއިރު އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ވަނީ 4.5 ބިލިއަން ރުފިޔާ ލިބިފައެވެ. ހަރަދަށް 343 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ފައިދާގެ ގޮތުގައި ވަނީ 269 މިލިއަން ރުފިޔާ ލިބިފައެވެ.
އެސްޓީއޯއަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޏެވެ.
އެސްޓީއޯގެ ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް 133 ރުފިޔާ ޖެހިފައިވާއިރު، 4 ވަނަ ކުއާޓަރުގައި ހިއްސާއަކަށް ވަނީ 239 ޖެހިފައެވެ.
ކުންފުނީގައި 2245 މީހުން މަސައްކަތްކުރާއިރު، 82.4 އިންސައްތަ މީހުންނަކީ ދިވެހިންނެވެ. އަދި 17.6 އިންސައްތައަކީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު