ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހަށް އީޔޫއިން ނަގާ ޓެކްސް ވަރަށް އަވަހަށް ކަނޑާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ޞާލިހުގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަހުގެ އަގަށް ބަދަލު ގެނެވޭނީ ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގެއް ލިބިގެން ކަމަށެވެ. ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ ދެ މާކެޓަކީ ޔޫރަޕާއި އިނގިރޭސި ވިލާތްކަން ފާހަަގަކުރަށްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަހަށް އީގޫއާއި އިނގިރޭސި ވިލާތުން 24 އިންސައްތަ ޑިއުޓީއެއް ނަގަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަމާ އެކީގައި ދަންނަވަން ކެރޭ ވަރަށް އަވަހަށް އެ ޓެކްސް ކަނޑާލި ކަމުގެ އިއުލާން ތިބޭފުޅުންނަށް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މަހަށް ބޭރުން ނަގާ ޓެކްސް ކަނޑާލުމުން މަހުގެ އަގަށް ހެޔޮ ބަދަލެެެއް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ހަރަދުކޮށްގެން ބޮޑެތި ދޯނިފަހަރު ބަންނަމުން ދިޔަ އިރުގައި އެ ބާނާ މަސް ކިރުވޭނެ ގޮތެއް ސަރުކާރަށް ހޯދިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ އިންވެސްޓްމަންޓެއް މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ކުރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސް ގަނެ، މަސް ފިނިކޮށް ރައްކާ ކުރެވޭނެ ކެޕޭސިޓީ ހަތަރު ގުނަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ހުޅުމީދޫގައި ހުރި މަސް ފެކްޓަރީގައި ސްޓޯރޭޖް ކެޕޭސިޓީ ދެގުނަ ކުރެވެން އެބަހުރި ކަމަށާއި މި ސަރުކާރުން އެކަން ކުރަށްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު