ފުލުހުންގެ ދެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުންގެ ދެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަނީ
އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކޯވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އިޖުތިމާއީ ގައިދުރުކަމަށް އަމަލުކޮށް، ދައުލަތުގެ މުއައްސަސާތަކާއި އާންމު ކުންފުނިތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފައެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ އޮންލައިންކޮށް މައްސަލަ ހުށަހެޅޭ ޕޯޓަލެއް ފުލުހުން ތައާރަފުކޮށްފައިވާ ކަމަށެވެ. .

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި ގޮތުގައި އެ ޕޯޓަލަކީ އިމަޖެންސީ ނޫން ހާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ތައާރަފުކުރި ޕޯޓަލެކެވެ. އިމަޖެންސީ ހާލަތްތަކުގައި 119އަށް ގުޅަން އެ ޕޭޖުގައި އެދިފައިވެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ޕްރޮސެސްވިކަމުގެ މެސެޖެއް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ދަޢުލަތުގެ ގިނަ މުއްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އޮންލައިންކޮށް ގިނަ ޚިދުމަތްތަށް ދެވޭނޭގޮތް ހަމަޖައްސަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން