އަހުމަދު މަސްނޫމް   13 ޖެނުއަރީ 2023 - 12:22
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށެވެ. އަދި މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ވަނީ ދޫކޮށްލާފައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. ނަމަވެސް މި ކިނބޫ ދޫކޮށްލި ސަބަބެއް އެމްއެންޑީއެފްއިން ނުބުނެއެވެ.

ރާއްޖެގެ ބައެއް ރަށްރަށުގެ ފަޅުތެރެއިން މީގެކުރިންވެސް ކިނބޫ ވަނީ ފެނިފައެވެ. އަދި މިގޮތަށް ހިފި ކިނބޫއެއް ވަނީ މާލޭގައި ހުންނަ ކުޑަކުދިންގެ ބަގީޗާގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެފައެވެ.



ކިޔުންތެރިންގެ ހިޔާލު