ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ޖަލުބަންދުން ދޫކޮށްލަން ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރި ހަރުކަށިގޮތުން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.
މިހާރު ދައުރުކުރަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި, މިރޭގެ މުޒާހަރާގައި ބައިވެރިވި, ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ މެންބަރު ޖަމީލާ މުފީދު ހައްޔަރު ކުރުމަށް ފުލުހުން ވަނީ އޭނާ ފަހަތުން ދުވެފައެވެ. އަދި ތިން ފުލުހަކުވެގެން އޭނާ ހިފަހައްޓައި ގަދަކަމުން އޭނާ އަތުގައި އޮތް ގައުމީ ދިދަ އަތުލައެވެ. އަދި ހައްޔަރުކުރާ މީހުންގެ އަތް ހަރަކާތް ނުކުރެެވޭގޮތަށް ހިފެހެއްޓުމަށްޓަކައި ލަންބާލާގޮތަށް އެ އަންހެންމީހާގެ އަތް ވެސް ލަންބާލާތަން ފެނެއެވެ.
މިކަން ކުށްވެރިކޮށް ގިނަބަޔަކު ބުނެފައިވަނީ ފުލުހުން އެ އުމުރުގެ އަންހެނަކު ހައްޔަރު ކުރުމަށް އެހާ ހަރުކަށިކޮށް އަމަލު ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެ އުމުރުގެ މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑާއި ހިލާފަށް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް, މިހާތަނަށް ފުލުހުން މި މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ އެކިފަހަރުމަތިން ހައްޔަރު ކޮށްފައެވެ.

އަނިޔާކުރުން ހައްދުންނައްޓާފަ https://t.co/rQ45xSgN4e
— Muaz Mohamed Rasheed (@muazmr) January 8, 2023
މިކަން ކުށްވެރިކޮށް ގިނަބަޔަކު ބުނެފައިވަނީ ފުލުހުން އެ އުމުރުގެ އަންހެނަކު ހައްޔަރު ކުރުމަށް އެހާ ހަރުކަށިކޮށް އަމަލު ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އެ އުމުރުގެ މީހަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑާއި ހިލާފަށް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް, މިހާތަނަށް ފުލުހުން މި މައްސަލައިގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ އެކިފަހަރުމަތިން ހައްޔަރު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު