އަހުމަދު ޝާހް   4 ޖެނުއަރީ 2023 - 20:41
ސިނަމާލެ ބްރިޖުން ދަތުރުކުރި ކާރެއް ފުރޮޅާލައިފިއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ ބްރިޖުން ދަތުރުކުރި ކާރެއް ފުރޮޅާލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 14:47 ގައި ކަމަށެވެ.

ފުލުހުން ބުނީ ކާރުގައި ތިބީ ދިވެހި ދެފިރިހެނުން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށާއި މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން