މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ ނިޔާވެފައި ވަނީ ގއ. ދެއްވަދޫ، އުމުރުން 56 އަހަރުގެ މުހައްމަދު ރަޝީދު ކަމަށެވެ.

އޭނާ މޫދަށް ފޭބީ އެންދަމަން ކަމަށާއި އޭނާ ދޯނީގައި ނެތްކަން އެނގުނީ ދޯނި އެސަރަޙައްދުން ފުރި ފަހުންކަމަށް މަޢުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ބުނީ ދެއްވަދޫ މަސްކުރި ދޯނިން ގއ. ވިލިގިއްލަ ކައިރިޔަށް އެންހިފަން ފޭބި މީހަކު ގެއްލުނުކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 9:10 ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ ދެއްވަދުއާއި 1.5 ނޮޓިކަލްމޭލު ބޭރުން ކަނޑުމަތިން ކަމަށެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ދެއްވަދޫން ޙަރަކާތްތެރިވި ލޯންޗަކަށް ހެނދުނު 10:37 ގައެވެ.

އެމީހާ ދެއްވަދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން