2022 ވަނަ އަހަރަކީ ކޯވިޑަށްފަހު އިގްތިސާދުތައް އަލުން އާރާސްތުކުރަން ގައުމުތަކުން މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވެކްސިނާއެކު ގައުމުތަކުގެ ބޯޑަރު އަލުން ހުޅުވާލެވިގެންދިޔައެވެ. ނަމަވެސް އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ގައުމުތަކުގެ އިންފްލޭޝަން ވަރަށް ބޮޑަށް މިދިޔަ އަހަރު ވަނީ އުފުލިގެން ގޮސްފައެވެ.
2022 ވަނަ އަހަރު ފެށުނުއިރު ކޯވިޑްގެ ކޭސްތައް މަދުވަމުންދިޔަނަމަވެސް، ދުނިޔޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު 300 މިލިއަނަށް އެރީ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.
އެމެރިކާއިން ދިން ހަމަލާއެއްގައި އައިސިސްގެ ލީޑަރު އަބޫ އިބްރާހީމް އަލް ހާޝިމީ އަލް ގުރައިޝީ މަރާލީ ފެބްރުއަރީމަހުގެ 3 ވަނަ ދުވަހުއެވެ.
ކެމަރޫނުން އެފްރިކަން ނޭޝަންސް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ.
2022 ވަނަ އަހަރު ފެށިގެން އައީ ރަޝިޔާއާއި ޔޫރަޕްގެ ހަނގުރާމައަކަށް ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ފެށި ފުރަތަމަ ހަނގުރާމަ ފެށިގެން ދިޔައީ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުންނެވެ. އަހަރު ނިމިގެން ދިޔައިރުވެސް އެ ހަނގުރާމަ ނިމޭނެކަމުގެ ކޮޅު މައްޗަށް ނުފެނެެއެވެ.
Russia invades Ukraine | February 2022 | LBC looks back at 2022 in pictures pic.twitter.com/qTvZYCE4VS
— LBC (@LBC) December 26, 2022
6 ފެބުރުއަރީ - އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭސްކަރު މަރުވިއެވެ.
ކޯވިޑްގެ ޖެހިގެން ދުނިޔެއިން މަރުވި މީހުންގެ އަދަދު 6 މިލިއަނަށް އެރީ މާޗުމަހުގެ 7 ވަނަ ދުވަހުއެވެ.
ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަގާމަށް ޕީޕަލް ޕަވަރ ޕާޓީގެ ކެންޑިޑޭޓް ޔޫން ސުކް އިންތިހާބުވެވަޑައިގަތީ މާޗު 9 ވަނަ ދުވަހުއެވެ. ހަންގޭރީގެ ރައީސްކަމުގެ މަގާމަށް ގެބްރިއަލް ބޯރިޗް އިންތިހާބުވީ މާޗުމަހުގެ 10 ވަނަ ދުވަހުއެވެ. އަދި ތުރުކުމެނިސްތާނުގެ ރައީސްކަމުގެ މަގާމަށް ސެރްދަރު ބޭޑިމުހަމެޑޯވް އިންތިހާބުވީ މާޗުމަހުގެ 12 ވަނަ ދުވަހުއެވެ.
މާޗުމަހުގެ 21 ވަނަ ދުވަހު ޗައިނާ އީސްޓަން އެއަރލައިންސްގެ ފްލައިޓެއް ވެއްޓި، އެބޯޓުން ދަތުރުކުރި 133 މީހުން މަރުވި ހިތާމަވެރި ހާދިސާއެއް ހިނގިއެވެ.
އޭޕްރިލް 7 ވަނަ ދުވަހު އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމުން ރަޝިޔާ ސަސްޕެންޑްކުރިއެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ހާން ވަކިކޮށް، އެ މަގާމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖުލީހުން އައްޔަންކުރީ އޭޕްރިލް 11 ވަނަ ދުވަހުއެވެ.
މަންކީ ޕޮކްސްގެ ކޭސްތަކެއް އިނގިރޭސި ވިލާތުން ފެނުނީ މޭމަހުގެ 6 ވަނަ ދުވަހުއެވެ.
‼️BREAKING : PRIME MINISTER MAHINDA SENDS LETTER OF RESIGNATION
— Dasuni Athauda (@AthaudaDasuni) May 9, 2022
Prime Minister Mahinda Rajapaksa has announced of his decision to resign from his post.
The letter of resignation has been sent to President @GotabayaR. #lka #SriLankaEconomicCrisis pic.twitter.com/GwrYi5pzr6
މުޒާހަރާތަކާއި ގުޅިގެން ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މޭމަހުގެ 9 ވަނަ ދުވަހުއެވެ. އަދި ފިލިޕީންސްގެ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް މާކޯސްގެ ދަރިކަލުން ބޮންބޮން މަކޯސް އިންތިހާބުވީވެސް މޭމަހުގެ 9 ވަނަ ދުވަހުއެވެ.
ޔޫއޭއީގެ ރައީސް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާއި ޔޫއޭއީގެ 3 ވަނަ ރައީސްކަމުގެ މަގާމަށް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އައްޔަންކުރެއްވިގެން ދިޔައީ މޭމަހުގެ 13 ވަނަ ދުވަހުއެވެ.
ބަޑީގެ ހަމަލާއެއްގައި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލީ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ.
މުޒާހަރާތަކާއި ހަމަނުޖެހުންތައް ބޮޑުވެ، ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ރަނިން ވިކްރަމަސިންހަ އައްޔަންކުރީ ޖުލައިމަހުގެ 21 ވަނަ ދުވަހުއެވެ.
އުސާމާ ބިން ލާދިންއަށްފަހު އަލްގައިދާގެ ލީޑަރަކަށް އައްޔަންކުރި އައިމަން އަލްޒަވާހިރީ އެމެރިކާގެ ހަމަލާތަކެއްގައި މަރާލީ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.
ވިލިއަމް ރޫޓޯ ކެންޔާގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުއެވެ.
އޮގަސްޓަމަހުގެ 17 ވަނަ ދުވަހު އިޒްރާއީލާއި ތުރުކީއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަށް ނިންމިއެވެ.
އޮގަސްޓަމަހުގެ 28 ގައި ޕާކިސްތާނަށް ވިއްސާރަވެ، މޫސުން ގޯސްވުމާއި ގުޅިގެން ފެންބޮޑުވެ، އެތައް ބަޔަކު މަރުވެ، ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަމަށް އެދެންޖެހުނެވެ.
ކުރީގެ ސޮވިއެޓް ޔޫނިއަންގެ ރައީސްކަން އެންމެފަހުން އަދާކުރެއްވި މިކައިލް ގަދުބަޗޯވް އަވަހާރަވީ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުއެވެ.
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު 2 ވަނަ އަވަހާރަވީ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެކަމަނާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.
On 19 September, the State Funeral of HM Queen Elizabeth II was held here in the Abbey.
— Westminster Abbey (@wabbey) December 30, 2022
When she died on 8 September, The Queen had reigned for 70 years and 214 days and was Britain's longest-reigning monarch.
Pictures: PA#YearInPictures pic.twitter.com/SPXHNKM8KW
ޖަލުގައި މީހަކު މަރާލުމާއި ގުޅިގެން އީރާނުގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށީ ސެޕްޓެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.
އޮކްޓޫބަރު 1 ގައި އިންޑޮނޭޝިޔާގެ ފުޓްބޯޅަ ދަނޑެއްގައި ހިނގި ތޮށްޖެހުމުގެ ހާދިސާއެއްގައި 131 މީހަކު މަރުވިއެވެ.
ޗައިނާގެ ރައީސްކަމުގެ 3 ވަނަ ދައުރަކަށް ޝީ ޖިން ޕިން އިންތިހާބުކުރުމަށް ނިންމީ އޮކްޓޯބަރުމަހުގެ 16 އިން 23 އަށް ކުރިއަށްދިޔަ ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ނެޝަނަލް ކޮންގްރެސްގައެވެ.
އޮކްޓޫބަރު 25 ގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ ރައްޔިތެއްކަމަށްވާ ރިޝީ ސުނަކް އައްޔަން ކުރެވިގެންދިޔައެވެ.
44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމުގެ ޑީލް، ބިލިއަނަރު އިލާން މަސްކު ފުރިހަމަކުރެއްވީ އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހުއެވެ.
ބްރެޒިލުގެ ކުރީގެ ރައީސް ލޫލާ ޑިސިލްވާ ބްރެޒިލްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހުއެވެ.
އިސްރާއީލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްރާއީލުގެ އާއްމު އިންތިހާބު ކާމިޔާބުކޮށް، އަލުން ބޮޑު ވަޒީރުކަމަށް އައީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.
ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އެރީ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
WORLD POPULATION: 8 BILLION PEOPLE https://t.co/7w9ELY7whB pic.twitter.com/KiwlJrufKn
— Vala Afshar (@ValaAfshar) December 30, 2022
މެލޭޝިޔާގެ ސިޔާސީ ލީޑަރު އަންވަރު އިބްރާހިމްގެ ކޯލިޝަނުން މެލޭޝިޔާގެ އާއްމު އިންތިހާބު ކާމިޔާބުކުރީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. އޭގެ 5 ދުވަހުން ފަހުން އޭނާ ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއާން ޒަމިން އަވަހާރަވީ ނޮވެމްބަރު 30 ގައެވެ.
ޗައިނާގައި އަޅާފައިވާ ކޯވިޑްގެ ފިޔަވަޅުތަކަށް 3 އަހަރަށްފަހު ލުއި ދޭން ނިންމި ޑިސެމްބަރު 7 ވަނަ ދުވަހުއެވެ.
Lionel Messi ❤️🇦🇷 pic.twitter.com/dRszHhGQBE
— Messi Media (@LeoMessiMedia) December 18, 2022
ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރީބޑިސެންބަރު 18 ގައެވެ.
ފުޓްބޯޅައިގެ ރަސްގެފާނުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލުގެ ޕެލޭ މަރުވީ އަހަރު ނިމެންދަނިކޮށް ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު