ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކީ ރަޝިޔާ މީހެއްކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.
އެމްއެމްޕީެާރުސީއާއި ޓޫރިޒަމް މިނިސްޓްރީ އަދި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން މިއަދު ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.
އެމްއެމްޕީއާރުސީން ބުނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ ރަޝިއާ މީހެއްކަމަށްވާ ނިކޮލައި ސްޓްރޭޓިކަކް ކަމަށެވެ. ނިކޮލައި ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު މިއަދު ހެނދުނުއެވެ. އަދި މިއީ އޭނާ އާއިލާއާއެކު ރާއްޖެ އައި ފުރަތަމަ ފަހަރުވެސްމެއެވެ.
މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅީ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކޮށްފައިވާއިރު ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

Welcome to the Maldives Nikolai, the first tourist of 2023!https://t.co/4ccO6qUXGP@MACLmedia @MoTmv @ImmigrationMV @Dhiraagu @reethifaru
— Visit Maldives (@visitmaldives) January 1, 2023
އެމްއެމްޕީއާރުސީން ބުނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ ރަޝިއާ މީހެއްކަމަށްވާ ނިކޮލައި ސްޓްރޭޓިކަކް ކަމަށެވެ. ނިކޮލައި ރާއްޖެއަށް އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު މިއަދު ހެނދުނުއެވެ. އަދި މިއީ އޭނާ އާއިލާއާއެކު ރާއްޖެ އައި ފުރަތަމަ ފަހަރުވެސްމެއެވެ.
މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅީ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކޮށްފައިވާއިރު ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ކިޔުންތެރިންގެ ހިޔާލު