ފޮޓޯ: މުޙައްމަދު އާޡިމް ޢަލީ
ފޮޓޯ: މުޙައްމަދު އާޡިމް ޢަލީ
މ. މަޑުއްވަރީގައި ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ "ސީ.ޔޫ. ޗެމްޕިއަންޝިޕް 2022"ގެ ޗެމްޕިއަންކަން ބްރަދާޒް އޮފް ދަ ގްރާންޑޭ އިން ހޯދައިފިއެވެ.

ބްރަދާޒް އޮފް ދަ ގްރާންޑޭއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލް މެޗުގައި ދިއްގަރު ފުޓްސަލް ޓީމާ ވާދަކޮށް 7-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ބްރަދާޒް އޮފް ދަ ގްރާންޑޭއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދާފައެވެ.

ފައިނަލް މެޗުގައި ބްރަދާޒް އޮފް ދަ ގްރާންޑޭގެ އިސްމާއިލް ނާޝިދު ދެ ގޯލު, މުހައްމަދު ނަދީހް ދެ ގޯލު, އިބްރާހިމް އަތީގް ހުސައިން ދެ ގޯލު އަދި ނިޝާމް މުހައްމަދު ރަޝީދު ގޯލެއް ޖަހާފައިވެއެވެ. ދިއްގަރު ފުޓްސަލް ޓީމްގެ ހަމައެކަނި ގޯލު ޖަހާފައިވަނީ އަހުމަދު އަމީތުއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މިލްކުވާ ތަށި, ރަން މެޑަލް އަދި 10,000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ. އަދި ރަނަރަޕް ޓީމަށް ރިހި މެޑަލް އަދި 5000 ރުފިޔާ ކަނޑައެޅިފައިވެއެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭގެ އިބްރާހިމް އަތީގް މުހައްމަދެވެ.



ސީ.ޔޫ ޗެމްޕިއަންޝިޕް 2022 ގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވަނީ, ބްރަދާޒް އޮފް ދަ ގްރާންޑޭގެ ނިޝާމް މުހައްމަދު ރަޝީދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭއެވެ. މި މުބާރާތުގެ ޕްރޮމިސިން ޕްލޭޔާގެ މަގާމު ދިއްގަރު ފުޓްސަލް ޓީމްގެ އިސްމާއިލް ޒަޔާން ސުލައިމާނަށް ލިބުނުއިރު, ބެސްޓް ޕްލޭޔާގެ މަގާމު ލިބިފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭގެ ނިޝާމް މުހައްމަދު ރަޝީދެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ބްރަދާޒް އޮފް ދަ ގްރާންޑޭގެ އިސްމާއިލް ނާޝިދު, ބްރަދާޒް އޮފް ދަ ގްރާންޑޭގެ ޒައިދާން އަހުމަދު, ދިއްގަރު ފުޓްސަލް ޓީމުގެ އިސްމާއިލް ޒަޔާން ސުލައިމާން, ދިއްގަރު ފުޓްސަލް ޓީމުގެ ހުސައިން ފާރިޝް އަދި ބްރަދާޒް އޮފް ދަ ގްރާންޑޭގެ ނިޝާމް މުހައްމަދު ރަޝީދެވެ.

ދިއްގަރު ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށް މ. މަޑުއްވަރީ ކައުންސިލް އިދާރާއިން އެންޑޯޒްކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކުރާ ކްލަބް އަޕްރައިޒިންގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ ސީ.ޔޫ ޗެމްޕިއަންޝިޕްގެ ތިން ވަނަ މުބާރާތް 2023 ވަނަ އަހަރު ބާއްވާނެ ކަމަށެވެ.

"ސީ.ޔޫ. ޗެމްޕިއަންޝިޕް 2022" ގައި މި އަހަރު ހަތަރު ޓީމެއް ބައިވެރިވެފައިވެއެވެ. 2019 ވަނަ އަހަރު މީގެ ފުރަތަމަ މުބާރާތް ބާއްވާފައިވާއިރު ކޮވިޑްއަށް މެދުކެނޑުމަށްފަހު މިއީ ބޭއްވި މީގެ ދެވަނަ މުބާރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން