ސ. ހުޅުދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ތުހުމަތުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އައްޑޫސިޓީ ހުޅުމީދޫގައި ތާރު އެޅުމަށް ބޭނުން ކުރާ ތަކެތި ގުދަން ކޮށްފައި ހުރި ތަނެއްގައި ރޭ 8 ޖަހާއެހާކަންހާއިރު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަލިފާންރޯވިއިރު ގިނަ ފީފާތަކެއް ވެސް އެސަރަހައްދުގައި ހުއްޓެެވެ.
އެހާދިސާ ހިނގީ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ސަބަބުން ކަމަށް އައްޑޫ ބައެއް ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތުކުރެވޭ ފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.
މިހާދިސާގައި ބޮޑު ސަރަހައްދެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ގިނަ އަދަދެއްގެ ތާރު ފީފާތަކެއް ވަނީ އަނދައި ހުލިވެފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގްކުރަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު