އަހުމަދު މަސްނޫމް   31 ޑިސެމްބަރު 2022 - 17:12
އެމްޓީސީސީން ފޯރުކޮށްދެމުންދާ ބަހުގެ ހިދުމަތަށް އަގު ދެއްކުމަށް ކޭޝް ކާޑު ބޭނުންކުރެވޭ ގޮތް ހެދުމުގެ ގޮތުން ޓްރަޔަލް ނުވަތަ އަޖުމަ ބެލުމުގެ ދަތުރުތައް ފަށައިފިއެވެ.

ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތަށް ބާއްވާ ބަސް ދަތުރުތައް އޮންނާނީ މާދަމާއާއި އޭގެ އަނެއް ދުވަހުއެވެ. އަދި މި ޓްރަޔަލް ކުރިއަށްދާނީ މާލެ ތެރޭގައި ދުއްވާ ބަސްތަކުގައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ޓްރަޔަލް ދަތުރުތަކުގައި ކޮންޓެކްޓްލެސް މާސްޓަރ ކާޑު އަދި ވީސާ ކާޑު ބޭނުންކުރެވޭނެކަމަށެވެ.



މާލޭ ތެރޭގައި ކުރާ ބަސް ދަތުރުތަކުގައި މީހަކަށް 7 ރުފިޔާ ނަގާއިރު ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުންކޮށްގެންނެވެ.

މާލެގެ އިތުރުން އެމްޓިސީސީން އަންނަނީ ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު