ކިތަންމެ ގަދަޔަށް މުޒާހަރާ ކުރިއަސް ކޯޓުން ނުނިންމަނީސް ކުރީގެ ރައީސް ޔާމީން ޢަބްދުލް ގައްޔޫމް މިނިވަން ނުވާނެކަމަށް ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، މިނިވަންކުރަން ގޮވާލާ މިއަދު މުޅި ރާއްޖޭގައި އިދިކޮޅުން ވަނީ ހިނގާލުމެއް ބާއްވާފައެވެ.

މި ހިނގާލުމާއި ގުޅުވައި ޑރ. އިޔާޒު ވިދާޅުވީ، ކިތަންމެ ގަދަޔަށް މުޒާހަރާ ކުރިނަމަވެސް މަތީ ކޯޓަކުން ނުނިންމާހާ ހިނދަކު ރައީސް ޔާމީން މިނިވަން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިޔާޒު ވަނީ ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި ސުވާލެއްވެސް ކުރައްވާފައެވެ. އިޔާޒު ވަނީ އެ މުޒާހަރާއަކީ ހަގީގަތުގައި ވެސް ޔާމީން މިނިވަންކުރަން ކުރައްވާ ކަމެއްތޯ ނުވަތަ ރިޔާސީ ޓިކެޓް ހޯދަން ޖަހާ މަޅިއެއްތޯ ވިދާޅުވެ މުޒާހަރާގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް ސުވާލެއް އަމާޒު ކުރައްވާފައެވެ.

އިޔާޒް ފާހަގަ ކުރެވިފައިވަނީ އިދިކޮޅުގެ މިފަދަ ހަރަކާތްތަކާއި ގުޅުވައިގެން އާންމުކޮށްވެސް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު