މިފެށޭ އާ އަހަރަށް މަރުހަބާ ކިޔުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ބާއްވާ ޚާއްސަ މިއުޒިކް ޝޯވގައި ބައިވެރިވުމަށް އިންޑީއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ ރާއްޖެ އަތުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ ދައުވަތަކަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖެ އައުމަށްފަހު ޕަވްނީ ބުނެފައިވަނީ އޭނާ ހުރީ ރާއްޖެ އައުމަށް ކެތްމަދު ވެފައިކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވެފައި ހުއްޓާ މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި މި ދަތުރުގެ ތެރެއިން ރާއްޖޭގެ އުޅުމާއި ސަގާފަތް ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ މާދަމާރޭ އޮންނަ ޝޯވގައި ދިވެހިން ގަޔާވާފަދަ ހިތްގައިމު ހުށަހެޅުންތަކެއް ހުށަހަޅައިދެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

އައު އަހަރަށް މަރުޚަބާ ކިޔުމަށް ބާއްވާ މިއުޒިކް ޝޯވ އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 20:30 ގައެވެ.



ކިޔުންތެރިންގެ ހިޔާލު