މަގުމައްޗަށް ގަދަ ކޮންމެ މީހަކީ އަދި ވެރިކަން ކުރެވޭނެ މީހެއް ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް އިއްޔެރޭ ރައީސް ނަޝީދު ސަލްޓަންޕާކުގައި ބޭއްވި ފޯރިގަދަ ޖަލްސާއަށްފަހު ގިނަބަޔަކު ދަނީ އެމަނިކުފާނާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ފާޑުކިޔަމުންނެވެ.
އެގޮތުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެ ޖަލްސާގައިވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް މަލާމާތުގެ ރާގެއްގައި ފާޑުވިދާޅުވެފައެވެ. އެ ވާހަކަފުޅުތަކާއި ގުޅިގެން ޒައިދު މިއަދު ވިދާޅުވީ، އޯވަރ ރިއެކްޓް ކުރުމަކީ ވެސް ގޯހެއް ކަމަށާއި ބައެއްފަހަރު އޯވަރ ރިއެކްޓްވީމާ ކެބިނެޓް އެއްކޮށް އިސްތިއުފާދީ އުޅޭ ކަމަށެވެ. އަދި ދެ މީހަކު އެއްވެލާފައި އަޑުގަދަކޮށްލާއިރަށް ވެރިކަމުން އިސްތިއުފާ ދީފައި ފައިބާ ބޭފުޅުންވެސް އުޅޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ޒައިދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޒައިދު ވިދާޅުވީ، މަގުމައްޗަށް ގަދަ ކޮންމެ މީހަކީ އަދި ވެރިކަން ކުރެވޭނެ މީހެއް ނޫންކަމަށެވެ.
ޒައިދުގެ އެވިދާޅުވާ ކެބިނެޓު އެއްކޮށް އިސްތިއުފާދިން ވާހަކައަކީ ނަޝީދުގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ކެބިނެޓު އެއްކޮށް އިސްތިއުފާދެއްވި ދުވަހުގެ ވާހަކައެވެ.

އޯވާ ރިއެކްޓް ކުރުމަކީވެސް ގޯހެއް ދެއްތޯ! 😄 ބައެއްފަހަރު އޯވާރިއެކްޓްވީމާ ކެބިނެޓް އެއްކޮށް އިސްތިއުފާ ދީއުޅޭ! އަދި ދެމީހަކު އެއްވެލާފަ އަޑުގަދަކޮށްލާއިރަށް ވެރިކަމުންވެސް އިސްތިއުފާދީފަ ފައިބާ ބޭފުޅުންވެސް އުޅޭ! މަގުމައްޗަށް ގަދަ ކޮންމެ މީހަކީ އަދި ވެރިކަން ކުރެވޭނެ މީހެއްނޫން!
— Ali Zaid (@alizaid1000) December 30, 2022
ޒައިދުގެ އެވިދާޅުވާ ކެބިނެޓު އެއްކޮށް އިސްތިއުފާދިން ވާހަކައަކީ ނަޝީދުގެ ވެރިކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ކެބިނެޓު އެއްކޮށް އިސްތިއުފާދެއްވި ދުވަހުގެ ވާހަކައެވެ.
ކިޔުންތެރިންގެ ހިޔާލު