ގްރީން ފަންޑަށް މިއަހަރުގެ ނޮވެމްބަރު މަހު 76.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ނޮވެމްބަރު މަހުގެ ގްރީން ފަންޑް ރިޕޯޓްގައި ބުނެފައިވަނީ ގްރީން ފަންޑަށް މިއަހަރުގެ ނޮވެމްބަރު މަހު 76.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ހުސްވި ނޮވެމްބަރު މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުން ކަމަށާއި އެ އަތޮޅުން ގްރީން ފަންޑަށް 26.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނާގޮތުން އދ. އަތޮޅުން ގްރީން ފަންޑަށް މިދިޔަ މަހު 7.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ރ. އަތޮޅުން 7.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގްރީން ފަންްޑްގައި މިވަގުތު 826.8 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ގްރީން ފަންޑުން ޚަރަދުކޮށްގެން ނޮވެމްބަރު މަހު ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް 40 އަށްވުރެ ގިނަ މަޝްރޫއެއް ވަނީ ހިންގާފައެވެ.
އެފަންޑުން ނޮވެމްބަރު މަހު މަޝްރޫއުތަކަށް 51.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
2016 ވަަނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަނެއްގައި ނަމަ އެތަނެއްގައި އެ މީހަކު ހުންނަ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އަދި އެއަށްވުރެ ދަށް އަދަދެއްގެ ކޮޓަރި ހުންނަ ތަނެއްގައި ނަމަ، އެތަނެއްގައި އެމީހަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު