ވެރިކަން ލިބިވަޑައިގެންފިނަމަ އިސްލާމީ ވެރިކަމެއް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް، އެކަން ގަބޫލުކުރައްވަން ދަތިކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
އައްޑޫ ޝަރީފް މިހެން ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ގާއިމްކުރައްވާނެކަމަށް ވިދާޅުވެ، މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.
ސަޕޯޓަރުންނާ މުހާތަބް ކުރައްވާ ރައީސް ނަޝީދު ބުދަ ދުވަހުގެރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކުރެއްވުމަށް ކަމަށެވެ. އަދި އެ ވެރިކަން ހުރިހާ ގޮތަކުންވެސް ތަފާތު ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވެއްޖަނަމަ އިސްލާމީ ވެރިކަމެއް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިޔަސް އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެނެވެ. ޕްރައިމަރީގައި ރައީސް ސާލިހާއި ރައީސް ނަޝީދު ވާދަކުރައްވާއިރު ދެ ބޭފުޅުންވެސް ގެންދަވަނީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.

Very difficult to believe but ex-president @MohamedNasheed has promised to establish an Islamic Republic in 🇲🇻 if elected president in 23 .
— Ibrahim Shareef (@AdduShareef) December 30, 2022
ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމަށް އިންތިހާބުވެއްޖަނަމަ އިސްލާމީ ވެރިކަމެއް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިޔަސް އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެނެވެ. ޕްރައިމަރީގައި ރައީސް ސާލިހާއި ރައީސް ނަޝީދު ވާދަކުރައްވާއިރު ދެ ބޭފުޅުންވެސް ގެންދަވަނީ ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު